ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2017/034
އިއުލާން
17 ފެބްރުއަރީ އިން 21 ފެބްރުއަރީ 2018 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ ފިޓްނަސް ކޯޗިންގ ސެޓްފިކެޓް ކޯސް ލެވަލް 1A ގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 15 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/1،500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ.
މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގައި އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 16:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
19 ޑިސެމްބަރ 2017