މަސައްކަތް
                	
                ނަންބަރު: L5MC-C/2017/03
                    ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2017
                    ޕަބްލިޝްކުރި ގަޑި:  11:42
                                            ސުންގަޑި: 
                            26 ޑިސެންބަރު 2017 13:00
                        
                    
                ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް ޢުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުން
                                އިޢުލާން
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް ޢުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާއި ގުޅޭ.
މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 26 ޑިސެންބަރު 2017 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 03 ޖަނަވަރީ 2018
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު
01 ރަބީޢުލްއާޚިރު 1439
19 ޑިސެންބަރު 2017
                19 ޑިސެންބަރު 2017