ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2017/90
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 19 ޑިސެންބަރު 2017 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު އުތުރު ފަރާތު ބަނދަރުގައި ހުރި ވެލި ބަސްތާތައް ނެގުމާގުޅޭ

އިޢުލާން

އުތުރުފަރާތު ބަނދަރުގައި ހުރި ވެލިބަސްތާތައް ނެގުމާގުޅޭ

ރ.މާކުރަތު  އުތުރުފަރާތު ބަނދަރުގެ އިރުދެކުނު ފަޅީގައި ، އިރުމަތީ ސިޑީގެ ހުޅަނގު، އަދި އިރުމަތީ ސިޑީގެ އިރުމަތީގައި ނުގެންގޮސް ގިނަދުވަސް ވެފައިވާ ވެލިބަސްތާ ތަކެއް ހުރުމާއެކު އެތަކެތީގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން 2 ދުވަސް ތެރޭގައި 19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވެލިބަސްތާތައް ނެގުމަށް އެންގީމެވެ. މި މުއްދަތު ހަމަވާއިރު ވެލިބަސްތާތައް ނުނަގާ ހުރެއްޖެނަމަ މިކައުންސިލުގެ ފަރާތުން ވެލި ބަސްތާތައް ނެގުމުގެ މަސައްކަތް ކުރާނެ ވާހަކަ ދެންނެވީމެވެ. އަދި މިތަކެތި ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ޑިސެންބަރު 2017