މަސައްކަތް
ނަންބަރު: (IUL)22-PU/1/2017/409
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 25 ޑިސެންބަރު 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޭޓްރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިމިނިސްޓްގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަން ތަކުން ބާއްވާ ސެމިނަރ ވޯކްޝޮޕް ޖަލްސާ އަދި އެކިއެކި ހަފުލާތަކަށް ކޭޓްރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 ޑިސެމްބަރު 25 ވަނަ ދުވަހުގެ 11:00 ށް

2017 ޑިސެމްބަރު 28 ވަނަ ދުވަހުގެ 11:00 ށް

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު އެޓޭޗްކުރެވިފައިއެވަނީއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

18 ޑިސެންބަރު 2017