ދިވެހިރާއްޖެ
146-A1/2017/156
އިޢުލާން
2018 ވަނަ އަހަރު އާއްމުކޮށް ކައިވެނިކޮށްނުދެވޭ ދުވަސްތައް:
1) ހުރިހާ ހޮނިހިރު ދުވަސްތައް
2) 15 މެއި 2018 އިން 16 މެއި 2018 އަށް (ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން)
3) 14 ޖޫން 2018 އިން 17 ޖޫން 2018 އަށް (ފިތުރުޢީދުގެ މުނާސަބަތުގައި)
4) 21 އޮގަސްޓް 2018 އިން 24 އޮގަސްޓް 2018 އަށް (އަޟްޙާ ޢީދުގެ މުނާސަބަތުގައި)
2018 ވަނަ އަހަރު ކައިވެނި ކޮށްދޭގަޑިތައް:
1) ކޯޓުގައި
ރަސްމީގަޑީގައި: - ހެނދުނު 09:30 އިން 11:30 އަށް
- މެންދުރުފަހު 13:30 އިން 14:30 އަށް
ނުރަސްމީގަޑީގައި: ހަވީރު 16:00 އިން 22:00 އަށް
2) ކޯޓުން ބޭރުގައި
ހަވީރު 16:00 އިން 22:00 އަށް
ވީމާ އިސްވެ ދެންނެވުނު ދުވަސްތައް ފިޔަވައި އަހަރުގެ ކޮންމެ ދުވަހެއްގައި ކައިވެނި ކޮށްދެވޭނެއެވެ. އަދި ހާއްސަ ޙާލަތެއް މެދުވެރިވެގެން މަތީގައިވާ ދުވަސްތަކުންކުރެ ދުވަހެއްގައި ކައިވެނިކުރަން ބޭނުންވެއްޖެ ނަމަ ކޯޓަށް އެކަން ލިޔުމަކުން ހުށަހެޅުމުން، މަޤްބޫލު ސަބަބެއްކަން ކޯޓަށް ޤަބޫލު ކުރެވޭ ޙާލަތްތަކުގައި އެދުވަސްތަކުގައި ކައިވެނިކޮށްދިނުމުގެ ކަންތައް ކޯޓުން ހަމަޖައްސައިދޭނެއެވެ.
29 ރަބީޢުލްއައްވަލް 1439
17 ޑިސެންބަރު 2017