ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ. |
|
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J-220675 |
ބޭނުންވާ ޢަދަދު : |
01 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް.އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސްޕޯޓް ސްޓާފް ގްރޭޑް 1 |
ސެކްޝަން: |
ކޯޕަރޭޓް އެފެއާރޒް |
މަޤާމް އޮތް އޮފީސް: |
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ / ފ. ބިލެތްދޫ |
މުސާރަ : |
-/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް : |
-/1000 (އެއްހާސް ރުފިޔާ) |
އިތުރު ޢިނާޔަތްތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1 . ކައުންސިލްގެ އިދާރާގެ އެތެރޭގެ ސާފުކުރަން ކައުންސިލުން ރާވާ އުޞޫލަކާއި އެއްގޮތަށް ޙަވާލުކުރާ ބައި ފޮޅާ ސާފުކުރުމާއި، ތަޅުމުގައި މޮޕްލުމާއި ޑަސްބިންތަކުގައި ހުންނަ ލިޔުންތައް އަންދައި އެތަކެތި ނައްތާލުން. 2 . ކައުންސިލްގެ އިދާރާގެ އެތެރޭގެ ސާފުކުރަން ކައުންސިލުން ރާވާ އުޞޫލަކާއި އެއްގޮތަށް ޙަވާލުކުރާބައިގައި ބޭނުންކުރާ ފައިލިން ކެބިނެޓްތަކާއި، ފައިލްބަހައްޓާ ހަރުތަކާއި، މޭޒުތަކާއި، ގޮނޑިތައް، ފޮހެ ސާފުކުރުން. 3. ކައުންސިލްގެ އިދާރާގެ ގޯތިތެރާއި ވަށާބޭރު ސާފުކުރަން ކައުންސިލުން ރާވާ އުޞޫލަކާއި އެއްގޮތަށް ޙަވާލުކުރާ ބައި ހަޑިވިޔަނުދީ ވިނަނޮޅާ ކުނިކަހާ ސާފުކޮށް، ކުނިނައްތާލުން. 4. ކައުންސިލްގެ އިދާރާގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަން ހުންނަ ލިޔުމާއި، އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ޤަވާޢިދުގެމަތިން ރައްކާތެރިކަމާއެކު އެފަރާތްތަކާއި ޙަވާލުކުރުން. 5. ކައުންސިލްގެ އިދާރާގެ ސާފުކުރަން ކައުންސިލުން ރާވާ އުޞޫލަކާއި އެއްގޮތަށް ޙަވާލުކުރާ ބައި ގައި ބޭނުންކުރާ ފާޚާނާ ހަފުތާއަކު 2 ފަހަރު ސާފުކުރުން . 6. ރަށްވެހިގޭގެ ވަޅާއި އޮފީހުގެ ވަޅު ހަޑިވިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން. 7. ހިޔާވަހިގެ، ރަށްވެހިގެ، އާއޮފީސް އެޅުމަށް ކަނޑައަޅާފައިވާ ބިމުގެ ގޯތިތެރޭގެ ސާފުކުރަން ކައުންސިލުން ރާވާ އުޞޫލަކާއި އެއްގޮތަށް ޙަވާލުކުރާ ބައި ސާފުކޮށް ބެލެހެއްޓުން. 8 . ކައުންސިލް އިދާރާގެ ފެންތާނގީއާއި، ފުރާޅާއި، ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން. 9 . ބާނާމަހާއި ހިފާއިހިފަދަ ތަކެއްޗާއި ދަނޑުގޮވާމުން ލިބޭތަކެތީގެ ހިސާބު ހޯދުން. 10. އެކި ބޭނުންތަކުގައި އޮފީހަށް ޙާޟިރު ކުރަން ޖެހޭ މީހުން ޙާޟިރު ކުރުން. 11. ކައުންސިލް އިދާރާގެ ގޯތީގައި ޕްލޭނާއި އެއްގޮތަށް ގަސްއިންދާ ފެންދީ ބެލެހެއްޓުން. 12. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން. |
ހުށަހަޅަންޖެހޭ ލިއުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ (ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫކައުންސިލް އިދާރާ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6740595އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަވިއު(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސްހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ، އިމްތިޙާން އޮންނާނީ، 2017 ޑިސެމްބަރ 28 އާއި 2017 ޑިސެމްބަރ 31 އާ ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ މާކުހުގެ ޖުމްލަ %25 (ފަންސަވީސް އިންސައްތަ ) އަށްވުރެ މަތިވާން ޖެހޭނެ އެވެ. |
އެހެނިހެން ކަންތައްތައް: |
|
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740013 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6740595 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |