މަސައްކަތް
ނަންބަރު: (IUL)MUH-01/1/2017/45
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 21 ޑިސެންބަރު 2017 12:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

      މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު       (IUL)MUH-01/1/2017/40 އިޢުލާނަށް އެކަށީގެންވާ ވަރަށް އެސްޓިމޭޓް ހުށައަޅާފައިނުވާތީ، މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 12:00 ގައި

އަންދާސީ ހިސާބު ހުށައެޅުމާއި ކެނޑުން

26 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހު 12:00 ގައި

 

     

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލްވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

 

17 ޑިސެންބަރު 2017