ދިވެހިރާއްޖެ
މިސްކޫލްގެ 26GS-156/2017/ ނަންބަރު އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައި ނުވާތީވެ މިކަމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
01 ޖަނަވަރީ 2018 އިން ފެށިގެން 31 ޑިސެންބަރު 2018 އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް އެދި ވަޑައިގަތްނަވާ ފަރާތްތަކުން 19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 09:00 ށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހު 09:00 ށް އަންދާސީ ހިސާބް ހިއްޕަވައިގެން ސްކޫލަށް ދުރުވެ ދެންވުން އެދެމެވެ. މިމަސައްކަތަށް ބީލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ މަތީގައިވާ ޝަރުތު ހަމަވާ ފަރާތްތަކުން ނުވަތަ އެފަރާތުގެ ބަދަލުގައި ފޮނުއްވާ ފަރާތެއް އެކަނިކަމުގައި ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު އައި.ޑީ.ކާޑްގެ ކޮޕީ ހުށައެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނެތްވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.