ދިވެހިރާއްޖެ
މިކުންފުނިން ނެރެމުން އަންނަ އުޅަނދު މަޖައްލާ 01 އަހަރު ދުވަހުގެ މުއްދަތަށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެ ކުރެވުނު ނަމްބަރު: 113-PRC-I-2017/102 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ،މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
19 ޑިސެމްބަރު 2017 ވާ އަންގާރަ ދުވަހުގެ 11:00 |
24 ޑިސެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.