މަސައްކަތް
ނަންބަރު: GS107/2017/22
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 25 ޑިސެންބަރު 2017 00:00
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
2018ވަނަ އަހަރު ފޯކައިދޫ ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

 

2018 ވަނަ އަހަރު ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން

 

         2018ވަނަ އަހަރު މިސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: GS-107/2017/20 (28ނޮވެމްބަރ 2017) އިޢުލާނާ ގުޅިގެން ލިބުނު ގިނަ ބިޑު ފުރިހަމަ ކުރެވިފައިނުވާތީ އެ މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 10:00އަށް މިސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 10:00އަށް ސުކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެކަން އެނގޭނޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 19/2014)  ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

                 14 ޑިސެމްބަރ 2017

                26 ރަބީޢުލްޢައްވަލް 1439

14 ޑިސެންބަރު 2017