މަސައްކަތް
ނަންބަރު: (IUL)249-A/249/2017/112
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 17 ޑިސެންބަރު 2017 13:30
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ބަކަރިކޮށި ބެލެހެއްޓުން ބިޑް އުޞޫލުން ދޫކުރުމާއިގުޅޭ

ނަންބަރ:IUL)249-A/249/2017/112)

އިޢުލާން

ހއ . ކެލާ ބަކަރިކޮށި ބެލެހެއްޓުން އެސްޓިމޭޓް އުޞޫލުން ދޫކުރުމާއިގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރއާއި ކެލާ ކައުންސިލްގެ އިދާރާއާއި ގުޅިގެން މިރަށު ( ހއ . ކެލާ ) ގައި ހިންގާ މަޝްރޫޢެއްކަމުގައިވާ ބަކަރި އާލާކޮށްގެންގުޅުމުގެ މަޝްރޫޢުގެ ދަށުން ހަދާފައިވާ ބަކަރިކޮށި އެސްޓިމޭޓް އުޞޫލުން ބަލަހަށްޓަވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އަދި މިބަކަރިކޮށި ބަލަހަށްޓަން ބޭނުންވެލައްވާ  ފަރާތްތަކުން ، އެކަމަށްއެދި " ޕްރޮޕޯސަލް " ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 17 ޑިސެންބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެންބަރ 2017 ވާ އަންގާރަ ދުވަހުގެ 11:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމާއި ޕްރޮޕޯސަލް ހުށަހެޅުއްވުމުގައި ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިޞިށްޔަތަކުންނެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ގަނެވެން ނެތްވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ވީމާ މި 02 ބައްދަލުވުމަށް ދުރުވާ ފަރާތްތަކުން މީޓިންރޫމަށް ހާޟިރުވުމަށް އަންގަމެވެ. އަދި މިއިޢުލާން އާއްމުކުރުމުން މިކަމަށްޓަކައި 15 ނޮވެންބަރ 2017 ގައި އާއްމުކުރި މިއިދާރާގެ ނަންބަރ (IUL)249-A/249/2017/99 އިޢުލާން ބާޠިލުވީއެވެ. އެއިޢުލާން ބާޠިލުކުރީ އެއިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައި ނުވާތީއެވެ.

މާކުސްދެވޭނެ ތަފުސީލް   

މާރކުސްދެވޭ ކުރައިޓީރިއާ

މާރކުސް ދެވޭގޮތް

ތަފްސީލް

ފޯރމިއުލަރ

ކައުންސިލަށްލިބޭ ނަފާގެ ބޮޑު %

100%

ވިއްކާ ކޮންމެ ބަކަރިއަކުން ކައުންސިލަށް ލިބޭނެނަފާކަމަށް ހުށައެޅިފައިވާ އެންމެބޮޑުއަގު

އެސްޓިމޭޓްހުށައެޅި އެންމެ ބޮޑުއަގު / ހުށައެޅިއަގު100% x

 

13 ޑިސެންބަރ 2017

13 ޑިސެންބަރު 2017