މަސައްކަތް
ނަންބަރު: (IUL)GS-152-B/PRIV/2017/1002
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 21 ޑިސެންބަރު 2017 11:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމް ސީލިންގު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކްލާސްރޫމް ސީލިންގު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން                                             

 

މިސްކޫލުގެ 2 ކުލާސްރޫމުގެ ސީލިންގު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތައް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 11:00 ށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ބީލަން ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ރަބީޢުލްއައްވަލް 1439

13 ޑިސެންބަރު 2017

13 ޑިސެންބަރު 2017