ޢާންމު މަޢުލޫމާތު
ނަންބަރު: GS97/IUL/2017/039
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 24 ޑިސެންބަރު 2017 13:00
މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ޕްރީ ސްކޫލް ސްޓޭޝަނަރީސް ހޯދުމަށް

2018 ވަނަ އަހަރަށް ބޭނުންވާ ޕްރީސްކޫލް ސްޓޭޝަނަރީސް އާއި ގުޅޭ

މި ސްކޫލްގެ ފައުންޑޭޝަން ލެވެލް (އެލްކޭޖީ، ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީސްއާއި ކިޔަވައި ދިނުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ފޯރުކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2017 ޑިސެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 1.00 އަށް މަކުނުދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 2018 ޖެނުއަރީ 03 ވާ ބުދަ ދުވަހުގެ 1:00ގައި އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ބީލަން ހުށަހަޅުއްވަން  ޙާޟިރުވެލައްވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތެއްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރ 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

13 ޑިސެމްބަރ 2017

13 ޑިސެންބަރު 2017