ތަމްރީނު
ނަންބަރު: (IUL)166-Schol/166/2017/115
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:59
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް (އެލް.ޔޫ.އެމް.އެސް) ސްކޮލަރޝިޕް 2018

 ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް (އެލް.ޔޫ.އެމް.އެސް) ސްކޮލަރޝިޕް 2018

 

        ޕާކިސްތާންގެ ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސްއިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ސްޓޫޓެންޓްސް އަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކަށް ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ލިބިފައިވާކަމަށް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ވަނީ އަންގާފައެވެ. މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ ދަރިވަރުންގެ ތައުލީމީ ފެންވަރާއި، މާލީ ތަނަވަސްކަން ހުރިމިންވަރަށް ބެލުމަށްފަހުގައިކަމަށްވެސް  ޕާކިސްތާން އެމްބަސީން ވަނީ އަންގާފައެވެ.

 

 އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް http://lums.edu.pk/publications-at-lums އާއި http://admission.lums.edu.pk/ ވެބްސައިޓުން ލިބިވަޑައިގަންނަވާނޭ ކަމުގައިވެސް ދެންނެވީމެވެ.

 

        

07 ޑިސެންބަރު 2017