މަސައްކަތް
ނަންބަރު: GS039/2017/17
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 21 ޑިސެންބަރު 2017 11:00
ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
6 ފާޚާނާގެ ދޮރު އެލްމުނިއަމް ދޮރަށް ބަދަލުކުރުން

އިޢުލާން

                                              ނަމްބަރ : GS39/2017/17

6 ފާޚާނާގެ ދޮރުއެލްމުނިއަމް ދޮރަށްބަދަލުކުރުން :

 

           މިސްކޫލްގެ 6 ފާޚާނާގެދޮރު އެލްމުނިއަމް ދޮރަށް ބަދަލުކުރަން ބޭނުންވެއެވެ.

           ވިމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދިނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 17 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިސްކޫލުގެ ނަމްބަރ 6500046 އާ ގުޅުއްވުން އެދެމެވެ. 

           މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

            24  ރަބީޢުލްއައްވަލް     1439            

12 ޑިސެންބަރު 2017