ދިވެހިރާއްޖެ
ނަންބަރު: (IUL)313-F/313/2017/120
އިޢުލާން
ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.
- މަޤާމް: ޕްލޭނިންގ އޮފިސަރ
- މަޤާމް ނަންބަރު: J-291535
- ބޭނުންވާ ޢަދަދު: 01 ( އެކެއް )
- މަޤާމްގެ ގިންތި: ދާއިމީ
- މަޤާމްގެ ރޭންކް: އެމް. އެސް. 1
- މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
- ސެކްޝަން: އިކޮނޮމިކް،ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
- މަޤާމް އޮތް އޮފީސް: މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
- ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
- މުސާރަ: މަހަކު -/5610 ރުފިޔާ
- ސާރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
- އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުޥައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އާއި އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
- ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި، މިނޫނަސް ކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭންތަކަށް އަންނަ ބަދަލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އަހަރުން އަހަރަށް ތައްޔާރުކުރަންޖެހޭ ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމުގައި ފައިނޭންސް އޮފިސަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ރަށުގައި ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމާއި، ހިންގަންޖެހޭ އެންމެހާ ހަރަކާތްތައް ރާވައި ހިންގުމާއި، ކުލަބް، ޖަމްއިއްޔާ ޖަމާއަތްތަކުން ހިންގާ މިފަދަ ހަރަކާތްތަކަށް ކައުންސިލް އިދާރާއިން ދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ފޯރުވައިދިނުން.
- ދިރިއުޅޭ ތަންތަނާއި އާބާދީގެ ތަފާސްހިސާބު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ރަށާއިބެހޭ މަޢުލޫމާތާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުންލިބޭ ތަކެތީގެ ހިސާބުތައް ނަގާ ލިޔެ ބެލެހެއްޓުމާއި، ތަފާސް ހިސާބާއިބެހޭ އެންމެހައި މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުތަކުގައި ނަގައި ބެލެހެއްޓުމާއި، އެމަޢުލޫމާތްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުން ގެންދިއުން.
- ބޯހިމެނުންފަދަ ޕްލޭނިންގާއިބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ރަށުގައި އުޅޭ ބިދޭސީންގެ ރަޖިސްޓްރީއާއި، މިނޫނަސް ތަފާސް ހިސާބާއި ގުޅިގެން ދަފްތަރުކޮށް ބަލަހައްޓަންޖެހޭ ރަޖިސްޓްރީތައް ބެލެހެއްޓުމާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި،ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސްއަށް ބޭނުންވާ މަޢުލޫމާތް އެފަރާތްތަކަށް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ފަރާއި، ފަޅާއި، ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭގޮތަށް ޕްލޭންކުރުން.
- ރަށުގެ މަގުތައް ހެދުމާއި، ރަށުގެ ބަނދަރާއި، ފާލަމާއި، ފެރީޓާމިނަލްގެ ޕްލޭން ހެދުން.
- ކުނިނައްތާލުމުގެ ޕްލޭންހެދުން.
- ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރަށްގިރުން ހުއްޓުވުމަށާއި، ރަށުގެ އެއްގަމު ތޮއްޓާއި ކަނޑުތޮށި މަރާމާތްކުރުމަށް ޕްލޭންތައް ހެދުން.
- މީގެ އިތުރުން ރަށުކައުންސިލުން އަންގާ ގޮތެއްގެ މަތީން ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް:
- ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑް މެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑްމެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑް މެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ
- ޕްލޭނިންގް،އެޑްމިނިސްޓްރޭޝަންއެންޑް މެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 04 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
- ތަޢުލީމާއި ތަމްރީނު- ލިބިފައިވާ އިތުރު ތަޢުލީމް ( ކަނއެޅިފައިވާ އިންސައްތަ %60 ) އަދި ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީންތައް ( ކަނޑައެޅިފައިވާ އިންސައްތަ: %30 )
- އިމްތިޙާން: '' ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން '' ( ކަނޑައެޅިފައިވާ އިންސައްތަ )
- މަސައްކަތުގެ ތަޖްރިބާ– ވަޒީފާއާއި ގުޅުންހުރި ތަޖްރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : %23 ) އަދި އެހެނިހެން ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : )
ލިބިފައިވާ ހުނަރު- އިންޓަރވިއު / ޕްރެކްޓިކަލްސް ( ކަނޑައެޅިފައިވާ އިންސައްތަ :0 )
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށްއެދޭ ފޯމު މާޅޮސްމަޑުލުދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 ޑިސެމްބަރ 2017 އާއި 27 ޑިސެމްބަރ 2017 އާއި ދެމެދު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ ނުވަތަ އިދާރާ ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.
ޝޯޓް ލިސްޓްކުރުން:
މިވަޒީފާއަށްއެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސަތަ:
% 30 ( ތިރީސް އިންސަތައެވެ. )
|
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600039 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.