މަސައްކަތް
ނަންބަރު: (ILU)GS08/2017/43
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 24 ޑިސެންބަރު 2017 11:30
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކަންޑަރީ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން

ސެކަންޑަރީ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން

 2018 ވަނަ އަހަރުގެ ދިރާސީ އަހަރުފެށުމުގެ ކުރިން މިމަރުކަޒުގެ ސެކަންޑަރީ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޑިސެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 11:30 އަށް މިމަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

12 ޑިސެންބަރު 2017