މަޤާމް:
|
ސޯޝަލް ޑިވެލޮޕްމަންޓް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J- 251420
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
MS 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ސެކްޝަން
|
ސޯޝަލް ސަރވިސަސް ޑިޕާޓްމަންޓް
|
މަޤާމު އޮތް އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
މުސާރަ:
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓްއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނާއި، އަންހެނުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންގެ އިތުރުން އާއިލީ މައްސަލަތައް ބަލާއިގަނެ ހަމަޖެހިފައިވާ އިޖްރާއިތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެފަރާތަކަށް ބޭނުންވާ އެހީތެރިކާމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
- ކުއްލި ހާލަތްކަތުގައި ކޮމިއުނިޓީއިންނާއި އެހެނިހެން މުއައްސަސާތަކުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ލިބޭ ހުށަހެޅުންތަކަށް އެޓެންޑް ކުރުން. އަދި ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ރާވައި ފޯރުކޮށްދިނުން.
- އަނިޔާގެ ޝިކާރައަށްވެގެން ދައުލަތަށް ހުށަހެޅޭ މައްސަލަތަކުގައި ސައިކޯސޯޝަލް ސަޕޯޓް ދިނުން.
- އަމާންހިޔާތަކަށްނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތައް އެ ޚިދުމަތް އެކަށީގެން ފެންވަރެއްގައި ދެވޭކަން ކަށަވަރުކުރުން.
- އެކިއެކި ޑިވިޜަންތަކުން ރިފަރކުރާ މައްސަލަތަކާ ގުޅިގެން މައްސަލަ ހިނގާނުހިނގާ ގޮތާއި ޙާލަތަށް އަންނަ ބަދަލުތައް ގަވާއިދުން ރިފަރކޮށް ޑިވިޜަންތަކާ ހިއްސާކުރުން.
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކަށް ލިބޭ ކޯލްތަކާއި ގުޅިގެން ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކަށް މައްސަލަ ރިފަރކުރުން.
- މިނިސްޓްރީގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓްއަށް ރިޕޯޓްވާ މައްސަލަތަކާއި ގުޅިގެން ޖަވާބުދޭންޖެހޭ ސިޓީތަކާއި ލިޔެކުންތައް ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފޮނުވާ ބެލެހެއްޓުން
- މިނިސްޓްރީގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓްއަށް ހުށަހަޅާ މައްސަލަތަކުގައި ގޭގެއަށް ޒިޔާރަތްކޮށްގެން ހޯދަންޖެހޭ މަޢުލޫމާތު ހޯދާ އެމަޢުލޫމާތު ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުމާއި ލިބޭ މަޢުލޫމާތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
- މިނިސްޓްރީގ ސޯޝަލް ސަރވިސް ޑިޕާޓްމަންޓްއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި އަދި ސަރުކާރުގެ އެހެން ވުޒާރާތަކަށް ޒިޔާރަތް ކުރަންޖެހޭ ހާލަތްތަކުގައި ޒިޔާރަތްކުރުމައީ އެކު އެފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ކަނޑައެޅޭ ވަގުތުގެ ތެރޭގައި ފޮނުވުން.
- ސޯޝަލް ސަރވިސް ޑިޕާޓްމަންޓްއަށް ހުށަހަޅާ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ 'އެސެސްމަންޓް' ހަދައި އެކްޝަން ޕްލޭން ތައްޔާރުކުކޮށް އެޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުން
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކަށް ޖަވާބުދިނުމާއި ލިބޭ ކޯލްތަކުގެ ރިކޯޑް ބެލެހެއްޓުން.
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކާ ގުޅިގެން މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުން.
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކާ ގުޅިގެން ދާންޖެހޭ ތަންތަނަށް ވަގުތުން ދިޔުމާއި، އެ ކޯލްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މީގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ބިހޭވިއަރަލް ސައިކޮލޮޖީ އަދި ޕްރައިމަރީ ހެލްތު ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.
ނުވަތަ
- ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ބިހޭވިއަރަލް ސައިކޮލޮޖީ އަދި ޕްރައިމަރީ ހެލްތު ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ބިހޭވިއަރަލް ސައިކޮލޮޖީ އަދި ޕްރައިމަރީ ހެލްތު ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
ނުވަތަ
- ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ބިހޭވިއަރަލް ސައިކޮލޮޖީ އަދި ޕްރައިމަރީ ހެލްތު ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސަރޓިފިކެޓް ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މި މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 24 ޑިސެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 2017 ޑިސެންބަރު މަހާއި 2018 ޖަނަވަރީ މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
30% (ތިރީސް އިންސައްތަ).
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|
|
24 ރަބީޢުލްއައްވަލް 1439ޙ
12 ޑިސެންބަރު 2017މ
|