ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)369-PS/369/2017/48
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 18 ޑިސެންބަރު 2017 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރީޝަނަކު ހޯދުމަށް އެދި

ޓިވެޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ހިންގަވާ " ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި 10 އިލެކްޓްރީޝަނުން ތަމްރީނު ކުރުމަށް ހިންގަވާ ތަމްރީން ޕްރޮގްރާމް" މ.މަޑުއްވަރީގައި ހިންގުމަށް މ.މަޑުއްވަރީ ކައުންސިލްގެ 14 ވަނަ އާންމު ބައްދަލުވުމުންވަނީ ފާސްކޮށްފައެވެ. މިތަމްރީން ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ޓިވެޓް އޮތޯރިޓީއިން ކަނޑައަޅާ ސިލަބަސް ބައިވެރިންނަށް ކިޔަވައި ދިނުމަށާއި ، ކަމާބެހޭގޮތަން ދަސްކޮށްދޭން ޖެހޭ މަސައްކަތްތައް އަމަލީގޮތުން ދައްކާދޭފަދަ ޤާބިލުކަން ހުރި މީހަކު ހޯދަން ބޭނުންވެއްޖެއެވެ. މިޕްރޮގްރާމް މ.މަޑުއްވަރީ ގައި ހިންގަން ގަސްދުކުރަނީ 1 (އެކެއް) މަސްދުވަހަށެވެ.

ވީމާ މިތަމްރީން ޕްރޮގްރާމުގައި ކިޔަވައި ދިނުމަށް ޝައުޤުވެރިވެލައްވަވާ ފަރާތްތަކުން އެއްމަސްދުވަހަށް މިޕްރޮގްރާމް ހިންގައިދެވޭނެ އަގު އެނގޭގޮތަށް މިކަމަށް އެދި މ.މަޑުއްވަރީ ކައުންސިލްއިދާރާއަށް ސިޓީ ފޮނުވައިދެއްވުން އެދެމެވެ. މިކަމަށްއެދި ސިޓީ ފޮނުވުމުގެ އެންމެފަހު ތާރީހަކީ 18 ޑިސެމްބަރ 2017 ވަނަ ދުވަހު 14:00 ގައި ކަމަށް ކަނޑައަޅާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާނުކުރީމެވެ. ސާފުކުރައްވަން ބޭނުންވެލައްވާ މައުލޫމާތު ސާފުކުރެއްވުމަށް 7837660 ފޯނާ ގުޅުއްވުން އެދެމެވެ.

މިކަމަށް އެދި ފޮނުވާ ސިޓީޔާއެކު ކަމާގުޅޭ ދާއިރާއިން ލިބިފައިހުރި ސެޓްފިކެޓާއި ތަޖުރިބާ ހުރިކަންއަންގާދޭފަދަ ލިޔުންހުރިނަމަ އެލިޔުންތަކާއި އައިޑީކާޑްގެދެފުށުގެ ފޮޓޯ ކޮޕީ (އަސްލާއެއްގޮތްކަމަށް ތައްގަނޑުޖަހާފައި) ހުށަހަޅަންވާނެއެވެ.

ބޭނުންވާ މަގާގާމުގެ ނަން: އިލެކްޓްރީޝަން

ބޭނުންވާ އަދަދު: 1

ޝަރުތު:

އިލެކްޓްރީޝަނުން ތަމްރީނު ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން ނުވަތަ މިމަސައްކަތްތަކުގެ ތަޖުރިބާ ހުރުމާއެކު މަދުވެގެން 5 އަހަރު ދުވަހު މިމަސައްކަތުގައި އަމަލީގޮތުންކޮށްފައިވާ މީހަކަށްވުން.

 

ކިޔަވައި ދިނުމަށް ބޭނުންވާ މީހާ ކަށަވަރުކުރުމަށް ބަލާނެ ކަންތައްތައް

  • ތައުލީމާއި ތަމްރީން        %40
  • ތަޖުރިބާ               %30
  • އިންޓަވިއު            
  • އެންމެ ކުޑަ އަގު        % 15

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ޑިސެންބަރު 2017