ޢާންމު މަޢުލޫމާތު
ނަންބަރު: GS25/IUL/2017/19
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 17 ޑިސެންބަރު 2017 10:15
މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
2018 ވަނަ އަހަރަށް އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން.

އިޢުލާން

އިސްވެރިޔާ ހުންނަވާ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ:

 

            މިމަދަރުސާގެ ނަމްބަރ GS25/IUL/2017/15 (2017 ނޮވެމްބަރ 12) އިޢުލާންއާއި ގުޅިގެން ދެފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައިވާތީ، އެ އިޢުލާން ބާތިލްކޮށް 2018 ވަނަ އަހަރު މިމަދަރުސާގެ އިސްވެރިޔާ ހުންނެވުމަށް، މިމަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 1 އަހަރު ދުވަހަށް ގެ އެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ. 

            ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 10:15 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 10:15 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައި ގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.                   

10 ޑިސެންބަރު 2017