ދެންނެވުން
ނަންބަރު: (IUL)142-C2/1/2017/125
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:42
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢުމްރާ ދަތުރުތަކުގައި މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކުރުމާބެހޭ
އިޢުލާން
މެދު އިރުމަތީގެ މަސްރަޙު ހޫނުވެ، މިހާރު އެސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މިވަގުތު މަސްޖިދުލް އަޤުޞާއަށް ދަތުރުކުރުމަކީ އެންމެ ރައްކާތެރި ކަމެއްކަމުގައި ނުފެންނާތީ، ކަމާބެހޭ ފަރާތްތަކުން ވަކި ގޮތަކަށް އަންގަންދެން، ޢުމްރާ ދަތުރުތަކުގައި ތިން ޙަރަމަށް ދަތުރުކުރުމުގެ ގޮތުން މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކުރާގޮތަށް ޢުމްރާ ދަތުރުތަށް އިންތިޒާމު ނުކުރެއްވުމަށް މި މިނިސްޓްރީން ޢާންމުކޮށް އަންގާ އިލްތިމާސް ކުރަމެވެ.
22 ރަބީޢުލްއައްވަލް 1439
10 ޑިސެންބަރު 2017