ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2017/72
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:02
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ އުސޫލަށް ބަދަލު އައުމާއިގުޅޭ

          ހަންޏާމީދޫގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށްޓަކައި ހެދިފައިވާ ކުނީގެ އެއްބަސްވުމަށާއި ޚިދުމަތަށް އެދޭ  ފޯމަށާއި އަދި އަގުތަކަށް ވަނީ އިސްލާހީ ބަދަލުތަކެއް ގެނެވިފައެވެ. އެހެންކަމުން  01 ޖަނަވަރީ 2018 އިންފެށިގެން، މި އިޢުލާނާއެކުގައި ހީރަސް ކުރެވިފައިވާ އެއްބަސްވުމާއި ފޯމް އަދި އަގަށް އައި ބަދަލާ އެއްގޮތަށް އަމަލުކުރަމުން ގެންދާނެ ވާހަކަ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. އަދި ގޭގޭގައި އުފެދޭ ކުނި ނައްތާލުމާ ގުޅޭގޮތުން މީގެ ކުރިން ހެދިފައިވާ ހުރިހާ އެއްބަސްވުމެއް،   31 ޑިސެންބަރު 2017 ގެ ނިޔަލަށް ބާޠިލްވާނެ ވާހަކަވެސް ދަންނަވަމެވެ. އެހެންކަމުން 01 ޖަނަވަރީ 2018 އިން ފެށިގެން ގޭގޭގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރެވޭނީ އިސްވެ ދެންނެވި ފޯމް ފުރައި އަދި އައު އެއްބަސްވުމުގައި ސޮއި ކުރުމުން ކަމުގައިވެސް ދެންނެވީމެވެ.

          މީގެ އިތުރުން، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން، ރަށުގެ އެކި ހިސާބުތަކަށާއި ކުނި ގޮނޑަށް، އަމިއްލައަށް ކުނިއުކާލުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. 

          ވީމާ، 17 ޑިސެންބަރ 2017 އިން ފެށިގެން 28 ޑިސެންބަރ 2017ވާ އާދީއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް، މި އޮފީހަށް ދުރުވެ، އާ އެއްބަސްވުމުގައި ސޮއިކޮށް ނިންމެވުމަށް ހުރިހާފަރާތްތަކަށް ދަންނަވަމެވެ.

22 ރަބީޢުލްއައްވަލް 1439

10 ޑިސެންބަރު 2017