ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)MHCL-P/1/2017/18
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 13 ޑިސެންބަރު 2017 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ޑިޒައިންކޮށް ލޭއައުޓް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ޑިޒައިންކޮށް ލޭއައުޓް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

 

މި ކޯޕަރޭޝަނުންދޭ މަޢުލޫމާތާ އެއްގޮތަށް، މި ކޯޕަރޭޝަންގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ޑިޒައިންކޮށް ލޭއައުޓް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވައި ފަރާތްތަކުން، 13 ޑިސެންބަރު 2017 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

 

ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް ހުންނަނީ މޫކައި ސުއިޓްސްގެ 2 ވަނަ ފަންގިފިލާގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3011000 އަށެވެ.

 

22 ރަބީޢުލްއައްވަލް 1439

 

 

 

 

10 ޑިސެންބަރު 2017