ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2017/77
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 14 ޑިސެންބަރު 2017 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޯޓަލް ސްޓޭޝަނަކާއި އެއާގުޅޭ އެހެން ބައެއް ތަކެތި ގަތުން

އިޢުލާން

 

            މިއިދާރާއަށް ޓޯޓަލް ސްޓޭޝަނަކާއި އެއާގުޅޭ އެހެން ބައެއް ތަކެތި ގަތުމަށް ކުރެވުނު ނަމްބަރ IUL)330-B/330/2017/74)  އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށްފީމެވެ.

            އަދި މިއިދާރާއަށް ޓޯޓަލް ސްޓޭޝަނަކާއި އެއާގުޅޭ މިދަންނަވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އަލުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

1)      1 ޓޯޓަލް ސްޓޭޝަން

  ބްރޭންޑް އަދި މޮޑެލް: ޓޮޕްކޮން GTS1002 (ނުވަތަ އެއާ އެއްފެންވަރުގެ އެހެން ބްރޭންޑެއްގެ އެހެން މޮޑެލެއް ވިޔަސް ޤަބޫލުކުރޭވެނެ)

2)      2 ޓްރިޕްލް ޕްރިޒަމް ސެޓް، ޓްރައިބްރަކްއާއެކު

3)      2 ސިންގަލް ޕްރިޒަމް (ޕްރިޒަމް ހޯލްޑަރ އަދި ޓާގެޓާއެކު)

4)      2 ޕްރިޒަމް ޕޯލް  (5 މީޓަރަށް  އުސްކުރެވޭ)

5)      3 ސަރވެއިންގ ޓްރައިޕޮޑް (އެލްމިނިއަމް)

ސަޕްލައިކޮށްދޭ ޓޯޓަލް ސްޓޭޝަނަށް މަދުވެގެން 01 އަހަރުދުވަހުގެ ވޮރަންޓީ ދޭންވާނެއެވެ. އަދި ޓޯޓަލް ސްޓޭޝަން ސަޕްލައިކޮށްދޭއިރު ހުންނަންވާނީ ކެލިބްރޭޓް ކުރެވިފައެވެ. އިންވޮއިސްއާއެކު ކެލިބްރޭޓް ކުރާ ފަރާތުންދޭ ކެލިބްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.

ވީމާ މިއިދާރާއަށް މިތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އަންދާސީ ހިސާބުތަކަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ ކަންތައްތައް ސާފުވާނެހެން ހުށަހެޅުއްވުންއެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއެކު، ވިޔަފާރި ހުއްދައާއި އެންމެ ފަހުގެ ފީދެއްކި ސްލިޕް، އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ވިއްކެވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

19 ރަބީޢުލްއައްވަލް 1439

07 ޑިސެންބަރު 2017