ދިވެހިރާއްޖެ
އިއުލާން
އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު
2018 ވަނަ އަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
މިސްކޫލުގެ GS103/IUL/2017/15 ނަމްބަރ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެއިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.
މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް 1 ޖެނުއަރީ 2018 އިން 31 ޑިސެމްބަރ 2018 އަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ކުންފުނި/ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.
19 ރަބީޢުލްއައްވަލް 1439
07 ޑިސެމްބަރ 2017