ދިވެހިރާއްޖެ
ނަންބަރު:GS210/IUL/2017/42
ޢިއުލާން
އަންދާސީ ހިސާބް ބޭނުންވެއްޖެ
މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވިފައިވާ މަސައްކަތްތައް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- 30 ފަންކާ ހަރުކުރުން.
2- 1 ޢިމާރާތުގެ ދިޔަދޮވި ބަދަލުކުރުން.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 1:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހު 1:30 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580262 އަށް ގުޅުއްވުންއެދެމެވެ.
07 ޑިސެމްބަރ 2017