ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2017/65
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 19 ޑިސެންބަރު 2017 23:59
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް އިންޓަރން

މަޤާމް :މެޑިކަލް އިންޓަރން
ބޭނުންވާ އަދަދު :20

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް

މެޑިކަލް އިންޓާރންސްގެ މަގާމަށް މީހުން ހޯދުމަށް 2017 އޮކްޓޯބަރ 31ގައި މި ހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު 137/IU/2017/56 އިޢުލާނާ ގުޅިގެން އެ މަޤާމަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވާތީ، އަލުން އެ މަޤާމަށް މީހުން  ހޯދުމަށް ބޭނުންވެއެވެ.

މަޤާމް: މެޑިކަލް އިންޓާރންސް

ބޭނުންވާ އަދަދު: 20                                                      

މެޑިކަލް ޕްރެކްޓިސް ފެށުމައްޓަކައި އެމް.ބީ.ބީ.އެސް ނިންމުމަށްފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބަލައިގަންނަ އިންސްޓިޓިއުޓް އަކުން 52 ހަފްތާގެ އިންޓާރންޝިޕް ޕްރޮގްރާމެއް ހެދުމަށް ލާޒިމްވެއެވެ. ބައެއް ޤައުމުތަކުގައި އެމް.ބީ.ބީ.އެސް  ހަދާ ދިވެހި ކުދިންނަށް ކިޔަވާ ނިމުމުން މި ފުރުސަތު ފޯރުކޮށްނުދެވޭތީ، ދިވެހި ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި މިކުދިންނަށް ބޭރުގެ ޤައުމުތަކުން މި ފުރުސަތު ހޯދައިދެމުން އައިސްފައިވެއެވެ. ނަމަވެސް މިކަމުގައި ބައެއް ދަތިތައް ދިމާވެ ގިނަދުވަހު އިންޓާރންޝިޕް ނުފަށާ މަޑުކުރަންޖެހޭތީ، އިންޓާރންޝިޕް ހެދުމުގެ ފުރުސަތު 11 ޖެނުއަރީ 2018 އިން ފެށިގެން އައި.ޖީ.އެމް.އެޗް ގައި ހެދޭނެގޮތް  މިނިސްޓަރ އޮފް ހެލްްތް ވަނީ ޢިއުލާނު ކުރައްވާފައެވެ. އެހެންކަމުން މެޑިކަލް އިންޓާރންޝިޕް 11 ޖެނުއަރީ 2018 ގައި ރަސްމީކޮށް ފެށޭނެކަން އެންގުމަށްޓަކައި ޢިއުލާނު ކުރަމެވެ.

މިގޮތުން މިއިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 07 ޑިސެމްބަރ 2017 ގެ 00:00 ން ފެށިގެން 19 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލެވިގެން ދާނެއެވެ.

އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

އެމް.ބީ.ބީ.އެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކުރައްވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓާރންޝިޕް" ސެޓްފިކެޓް ލިބިފައިވުން.

އިންޓާރންޝިޕްއަށް އެދި ހުށަހަޅާ ފޯމް:

އިންޓާރންޝިޕްއަށް އެދި ފޯމް ހުށަހަޅާނީ(https://igmh.gov.mv/internship)  މިލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ. އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 20 ފަރާތަކަށެވެ.

 

 

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މެޑިކަލް އަންޑަރގްރެޖުއޭޓް ކޮމްޕްލީޝަން ޑޮކިއުމަންޓް.
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓާރންޝިޕް ސެޓްފިކެޓް"
  3. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު / ޕާސް ޕޯޓް ކޮޕީ.
  4. ޕޮލިސް ކްލިއަރެންސް.

އިތުރު މައުލޫމާތު ހޯއްދެވުމަށް

ބިދޭސީ ދަރިވަރެއް ނަމަ މި ޕްރޮގުރާމާ ބެހޭ އިތުރުމައުލޫމާތު ހޯއްދެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                    19 ރަބީއުލްއައްވަލް 1439

                             07 ޑިސެމްބަރ 2017

IGMH Medical Internship Program

Post: Medical Interns

Required amount: 20

.Maldives Medical and Dental Council grants license to practice in the Maldives, when M.B.B.S graduates complete 52 weeks of Internship in an institute that the council approves

.To cater for this requirement, Indira Gandhi Memorial Hospital will open medical students to do Internship program effective from 11 January 2018. Students who wish to do Internship in IGMH can submit application forms till 19th December 2017, 23:59

Requirement

M.B.B.S completion with “Provisional Registration for Internship” from Maldives Medical and Dental Council

Form Application

:Application for Internship program can be done online through the following link

http://www.igmh.gov.mv/internship

.Students will be selected on first come, first serve basis of application. The number of slots allocated for the year 2018 is 2

Supporting Documents

Medical Undergraduate completion document

Provisional Registration for Internship issued from Maldives Medical and Dental Council

Police Clearance

Passport Copy

Additional Information

.Foreign students please email to [email protected] for further instructions regarding the Internship Program

07 ޑިސެންބަރު 2017