މަސައްކަތް
ނަންބަރު: GS-108/MIS/2017/09
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 19 ޑިސެންބަރު 2017 11:00
ފީވަކު ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ

2018 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުގެ ނަންބަރު:

GS-108/MIS/2017/08 (04 ޑިސެމްބަރ 2017) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމަވެ.

ވީމާ، މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 12 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 2017 ޑިސެމްބަރ 19 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.

-          މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.

-          ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  19 ރަބީޢުލްއައްވަލް  1439ހ.

                  07 ޑިސެމްބަރ    2017މ.

07 ޑިސެންބަރު 2017