ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތާއި ގޯތި ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމާއިބެހޭ
މިއިދާރާގެ ނަމްބަރ: 391/391/2017/21 (26) ނޮވެމްބަރ 2017) އިޢުލާންގައި މަޢުލޫމާތު ދިނުމަށް ގަޑި ކަޑައެޅިފައި ނުވުމާއި ބިޑް ބައިލައިގަތުމަށް ހަމަޖެހިފައި އޮތް 15 ޑިސެމްބަރ 2017 ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން އަދި ބިޑް ބަލައިގަންނާނެ ގަޑިއެއް ނެތުމުން މަތީގައިވާ އެ އިޢުލާން ބާތިލްކޮށް ރައްޔިތުންގެ 2 ގޯތި ކަމުގައިވާ އޮފީސް ހިންގި ޢިމާރާތާއި "ރަށްވެހިގެ"، މިއިން ކޮންމެ ޢިމާރާތެއް މަހަކު 5000/- ރުފިޔާ (ފަސްހާސްރުފިޔާ) އަށްވުރެ ކުޑަނޫން އަގަކަށް، ދިގުމުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމައިފީމެވެ.
މަޢުލޫމާތުދިނުން އޮންނާނީ 10 ޑިސެމްބަރ 2017 ދުވަހުގެ 13:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. ބިޑްބަލައިގަތުން އޮންނާނީ 17 ޑިސެމްބަރ 2017 ދުވަހުގެ 13:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގައެވެ.
ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފާރާތްތަކުން މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހަމަޖެހިފައިވާ ގަޑިއަށް ބިޑް ހުށައެޅުއްވުމަށް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
17 ރަބީއުލްއައްވަލް 1439
5 ޑިސެމްބަރ 2017
އިސްމާޢީލް އިބުރާހީމް
ތިމަރަފުށީ ކައުންސިލްގެ ރައީސް