ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2017/32
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 14 ޑިސެންބަރު 2017 14:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ސުޕަވައިޒަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ސުޕަވައިޒަރ (ޖީ.އެސް3)
ބޭނުންވާ އަދަދު :1

މަސައްކަތްކުރަންޖެހޭތަން

ކުރިމިނަލް ކޯޓު

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް1

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މިމާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން، ނުވަތަ

2-      މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 

1-      ކޯޓުގެ މަރާމާތު ކުރަންޖެހޭ ތަންތަން ފާހަގަކޮށް ކުދި ކުދި މަރާމާތްތައްކުރުމާއި، އެމަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

2-      ކޯޓަށް ހޯދަންޖެހޭ މުހިންމު ތަކެތީގެ އަގުބެލުން.

3-      ކޯޓުގައި ހިނގާ މަރާމާތުގެ މަސައްކަތްތައް ސްޕަވައިޒްކުރުން.

4-      ކޯޓުގެ ލައިޓްތަކާއި، އެއައަރކޯން ފަދަ ތަކެއްޗަށް ދިމާވާ ކުދިކުދި މައްސަލަތައް ޗެކްކޮށް އެމައްސަލަތައް ހައްލުކުރުން.

5-      ކޮންމެ ހަފުތާއަކު އެއްފަހަރު އެއަރކޯންތަކުގެ ފިލްޓަރުތައް ސާފުކޮށް ބެލެހެއްޓުން.

6-      މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

 

 

 

 

 

 

 

1-      ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

5-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

6-      ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.

މިކޯޓުގެ ނަންބަރު: (31.07.2017) 145-A/2017/17 އިޢުލާން ބާޠިލްކޮށްފީމެވެ.

05 ޑިސެންބަރު 2017