މަސައްކަތް
ނަންބަރު: (IUL)347/347/2017/69
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 18 ޑިސެންބަރު 2017 13:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު މިރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

2018ވަނަ އަހަރު މިރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

          މިރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޚަށް މިއިދާރާއަށް  ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2017 ޑިސެންބަރު 13 ވާ ބުދަ ދުވަހު މެންދުރުފަހު 13:00ށް

2017 ޑިސެންބަރު 18 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00ށް

         މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

         މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެފޮނުވާމީހާ އާއި އެކަން ޙަވާލުކުރިކަން އެނގޭނެ ސިޓީއެއް އަންނަމީހާގެ ޙަވާލުގައި ފޮނުވަން ވާނެއެވެ.

 18 ރަބީޢުލްއައްވަލް 1439

06 ޑިސެންބަރު 2017