ދިވެހިރާއްޖެ
އިޢުލާން
ށ. ފޭދޫ ސިއްޙީމަރުކަޒުގައި ގުދަނަކާއި ލޯންޑްރީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 14 ނޮވެމްބަރ 2017 ގައި ކުރެވުނު ނަންބަރ: (IUL)SH-FAH-RM/SH-FAH/2017/7 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލު ކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ. ފޭދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ. ފޭދޫ ސިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
18 ރަބީޢުލްއައްވަލް 1439