މަސައްކަތް
ނަންބަރު: (IUL)342/INDIV/2017/112
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 22:21
ސުންގަޑި: 27 ޑިސެންބަރު 2017 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑީޓެއިލް ޑްރޯވިންގްސް އާއި މާސްޓަރ ޕްލޭން ކުރަހަދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ޑީޓެއިލް ޑްރޯވިންގްސް އާއި މާސްޓަރ ޕްލޭން ކުރަހަދޭނެ ފަރާތެއް ހޯދުމަށް :

                 މިކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 25000 އަކަފޫޓްގެ ބިމާއި 21280.25 އަކަފޫޓްގެ ދެބިމުގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސްގެ މާސްޓަރ ޕްލޭނާއި ޑީޓެއިލް ޑްރޯއިންގްސް ކުރަހަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                 ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:30 އަށް، އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޑިސެމްބަރ 2017 ވާ ބުދަ  ދުވަހުގެ މެންދުރުފަހު 13:30 ށް އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.

މަޢުލޫމާތު ކަރުދާހުގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިގަތުމުގެ ކުރިން މަޢުލޫމާތު ކަރުދާހުގެ ފައިސާ އއ. މަތިވެރީ ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

                މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

                މަޢުލޫމާތު ދިނުމުގެބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުން  ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

                މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ރަބީޢުލްއައްވަލް 1439

05 ޑިސެމްބަރ 2017

                

05 ޑިސެންބަރު 2017