މަސައްކަތް
ނަންބަރު: (IUL)342/INDIV/2017/111
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 22:18
ސުންގަޑި: 27 ޑިސެންބަރު 2017 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަގުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

އަގުކޮށްދޭނެ ފަރާތެއް ހޯދުން :

                      މިކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަދި ބެލުމުގެ ދަށުގައިވާ މިދަންނަވާ ތަކެތި އަދި ބިންތައް އަގުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. ކާސާ މިއާ (ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 25000 އަކަފޫޓްގެ ބިމާއި، 21280.25 އަކަފޫޓްގެ ދެބިމުގައިވާ ގެސްޓްހައުސް ހިންގުމަށް ބޭނުންކުރާ އެންމެހާ ތަކެއްޗާއިއެކު)
  2. ދޫގަސްގެ
  3. އއ.މަތިވެރީ ވޭސްޓްމެނޭޖްމަންޓް ސެންޓަރ
  4. ކޭބަލް ނެޓްވާރކް.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:30 އަށް، އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޑިސެމްބަރ 2017 ވާ ބުދަ  ދުވަހުގެ މެންދުރުފަހު 13:30 ށް އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.

މަޢުލޫމާތު ކަރުދާހުގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިގަތުމުގެ ކުރިން މަޢުލޫމާތު ކަރުދާހުގެ ފައިސާ އއ. މަތިވެރީ ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

                  މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

                  މަޢުލޫމާތު ދިނުމުގެބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުން  ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ރަބީޢުލްއައްވަލް 1439

05 ޑިސެމްބަރ 2017

05 ޑިސެންބަރު 2017