ކުއްޔަށް ހިފުން
ނަންބަރު: (IUL)GS45/2017/037
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 14 ޑިސެންބަރު 2017 13:30
ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

މިސްކޫލުން ގެއެއް ކުއްޔަށް ހިފުމަށް ކޮށްފައިވާ ނަންބަރ (IUL)GS45/2017/027 (16 ނޮވެމްބަރ 2017) އިއުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާ 02 ފަރާތަކުން ކަމަށްވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

 

މި ސްކޫލަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަންބޭނުން ވެއްޖެއެވެ. މިޢިއުލާނުގެ ދަށުން  ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަ ވެފައިވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

 

  • 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ)އާއި، ސިޓިންރޫމަކާ، ކައްކާ ކައިބޮއި ހަދާނެ ތަނެއްހުރުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާޚާނާ ތަކުގައި ތަށިމުށިޖަހާ ސީލިން ކޮށްފައިހުރުން.
  • ކައްކާ ކައިބޮއި ހަދާތަން ފެންވައިރުކޮށް ސިންކުހަރުކޮށް ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއިހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮޑި، މޭޒުހުރުން.
  • ޞިއްޙީގޮތުން ރަގަނޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
  • މީގެ އިތުރަށް ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާތަކެތި ހަމަޔަށް ހުރުން. (މިލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)

           

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 11 ޑިސެމްބަރ 2017 ވަނަ ދުވަހު 13:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ރަބީޢުލްއައްވަލް 1439

05 ޑިސެންބަރު 2017