ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މިކައުންސިލަށް ތިރީގައި މިދަންނަވާތަކެތި ހޯދުމަށް ބޭނުންވެއްޖެއެވެ.
# |
ތަކެތީގެ ނަން |
ބޭނުންވާ އަދަދު |
1 |
ސިންގަލް އެނދު ގޮދަޑިއާއިއެކު |
09 |
2 |
ކަބަޑު ދެދޮރުފަތްލީ |
04 |
3 |
ޑްރެސިން ޓޭބަލ |
01 |
4 |
ބާލީސް |
18 |
5 |
ބާލީސް އުރަ |
36 |
6 |
ކޭބަލް ރޯލް 6mm 2co |
01 |
ވީމާ މިތަކެތި ހޯދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށައެޅުން |
10 ޑިސެމްބަރ 2017 (އާދިއްތަ) 10:00 |
12 ޑިސެމްބަރ 2017 (އަންގާރަ) 10:00 |
މި އަންދާސީހިސާބުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އެކަންޏެވެ. އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ތަކެތި ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540045 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ.