ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: IUL)412/412/2017/23)
2018 ވަނަ އަހަރު ކޮނޑޭ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް:
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 2018 ވަނަ އަހަރު މިކައުންސިލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ބޭނުން |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފްކުރެއްވުމަށް |
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ |
13 ޑިސެންބަރު 2017 |
ބުދަ |
13:00 |
އަންދާސީ ހިސާބް ހުށަހެޅުއްވުމަށް |
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ |
24 ޑިސެންބަރު 2017 |
އާދީއްތަ |
13:00 |
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.
މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ޙިސާބް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.
18 ރަބީޢުލްއާޚިރު 1439