ދިވެހިރާއްޖެ
ނަމްބަރު:(IUL)297/INDIV/2017/82
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިރަށު މަސްވެރިންގެ ހިޔާ ( މަސް މާރުކޭޓް ) ސާފްކޮށް ބަލަހައްޓާ ކަރުގޮހޮރުތައް ކަނޑަށްއަޅައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް -/5500 (ފަސްހާސް ފަސްސަތޭކަރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް 1 (އެކެއް) އަހަރުދުވަހުގެމުއްދަތަށް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކުރާފަރާތަކަށް މާރުކޭޓަށް މަސްއަރުވާ މިރަށުގެ ކޮންމެ ދޯންޏަކުން މަސް އަރުގެއެއް ލިބޭނެއެވެ.
| 
 
  | 
 ތަން  | 
 ދުވަސް  | 
 ތާރީޚު  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ނ.ވެލިދޫ ކައުންސިލް އިދާރާ  | 
 ހޯމަ  | 
 11 ޑިސެމްބަރ 2017  | 
 10:30  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ނ.ވެލިދޫ ކައުންސިލް އިދާރާ  | 
 ހޯމަ  | 
 18 ޑިސެމްބަރ 2017  | 
 10:30  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަސައްކަތް ހަވާލުކުރުމުގައި ކުރިން މިމަސައްކަތް ކުރިފަރާތްތަކުން މަސައްކަތް ކޮށްފައިވާގޮތަށް ބެލޭނެއެވެ.
| 
 މާކްސްދެވޭ ކްރައިޓީރިއާ  | 
 މާކްސް ދެވޭ ގޮތް  | 
 ތަފުސީލު  | 
 ފޯމިއުލާ  | 
| 
 އަގު  | 
 90%  | 
  | 
 (Benchmark Price / Submitted Price) x Allocated Percentage  | 
| 
 ތަޖުރިބާ  | 
 10%  | 
  | 
 ( Submitted years of experience / Benchmark years ) x Allocated Percentage  | 
15 ރަބީއުލްއައްވަލް 1439
3 ޑިސެމްބަރ 2017