ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންޏަށް ތިރީގައި ތަފްސީލްކުރެވިފައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
| 
 No.  | 
 Description  | 
 Qty  | 
 UoM  | 
| 
 1  | 
 Memory foam Mattress  | 
 150  | 
 Nos  | 
| 
 2  | 
 Bedsheet  | 
 300  | 
 Nos  | 
| 
 3  | 
 Pillow  | 
 300  | 
 Nos  | 
| 
 4  | 
 Pillow Cover  | 
 300  | 
 Nos  | 
| 
 5  | 
 Bunk Bed (Metal)  | 
 100  | 
 Nos  | 
| 
 6  | 
 Mess Room Table / Metal (10 Pax)  | 
 02  | 
 Nos  | 
| 
 7  | 
 Folding Table for Mess Room  | 
 08  | 
 Nos  | 
| 
 8  | 
 Metal Chair (For Mess room big table)  | 
 20  | 
 Nos  | 
| 
 9  | 
 Plastic Chair (For folding tables)  | 
 35  | 
 Nos  | 
| 
 10  | 
 Bench Seat – Metal 3 Seats per chair (For TV area)  | 
 04  | 
 Nos  | 
ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު؛
- އަގު: ހުށަހަޅާ އަގު ވާންވާނީ މިކުންފުނީގެ ހެޑް އޮފީސް ސައިޓަށް މިތަކެތެ ފޯރުކޮށްދެވޭނެ އަގަށެވެ. ކޯޓޭޝަންގައި ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަން ވާނެއެވެ.
 - ސާމްޕަލް: ހުށަހަޅާ އަގާ އެކީ ތަކެތީގެ ކެޓަލޮގް ހުށަހަޅަންވާނެއެވެ.
 - ފޯރުކޮއްދެވޭނެ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ.
 - ޓެކްނިކަލް މަޢުލޫމާތު: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަޢުލޫމާތު ހިމަނަންވާނެއެވެ.
 - ޕޭމަންޓް ޓަރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓާރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
 - ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
 - ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނެ ފަރާތެއްގެ ނަން، މަގާމް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެއެވެ.
 
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު އެމް.ޑަބްލިއު.އެސް.ސީ އަށް ލިބިގެންވެއެވެ.
 - އަގުހުށަހެޅުވޭނީ ހަމައެކެނި މަޢުލޫމާތަށް ވަޑައިގައްނަވާ ފަރާތްތަކަށެވެ.
 - މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3209 332 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އަށެވެ.
 
މަޢުލޫމާތު ސާފުކުރުން:
މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 7 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.
ކޯޓޭޝަން ހުޅުވުން:
ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 14 ޑިސެމްބަރ 2017 ވާ ބުދަ ދުވަހު 11:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) ގައި، ކޯޓޭޝަން ހުށްހަޅުއްވާ ފަރާތްތްކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަނެއް ބާތިލްކުރެވޭނެއެވެ.
ކޯޓޭޝަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
މާލޭ ވޯޓައ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް
"އެކޮމޮޑޭޝަން އިމާރާތައް ބޭނުންވާތަކެރި"
ވީމާ، މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 7 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 14 ޑިސެމްބަރ 2017 ވާ ބުދަ ދުވަހު 11:00 އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.