ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)A01-HC/2017/08
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 13 ޑިސެންބަރު 2017 13:30
ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު / ހއ.ތުރާކުނު ޞިއްޙީމަރުކަޒު

އިޢުލާން

މި ޞިއްޙީމަރުކަޒަށް މަސައްކަތު މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު

J-253250

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފްގރ1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން

މަޤާމު އޮތް އޮފީސް

ހއ.ތުރާކުނު ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ.ތުރާކުނު ޞިއްޙީމަރުކަޒު

މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީމަރުކަޒުގެ ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކުރުމާއި، އޮފީސް ފާޚާނާ ސާފުކޮށް ބެލެހެއްޓުމާއި އަދި އަންދާ ނުލެވޭ ތަކެތި އެފަދަ ތަކެތި އުކާލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.
  2. ރަސްމީ ގަޑި ޖެހުމުގެ 10 މިނެޓް ކުރިން އޮފީހަށް ޙާޟިރުވެ، އޮފީސްތެރެ ފޮޅާ ސާފުކޮށް މޮޕްލުން.

 3. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ އެކިއެކި ވަފްދުތަކުގެ ބޭފުޅުން ރަށަށް ފައިބައިވަޑައިގަތުމާއި ފުރާވަޑައިގަތުމުގެ އިންތިޒާމް ހަމަޖެއްސުން.

 4. ޞިއްޙީމަރުކަޒުން ހަމަޖައްސާ ގޮތެއްގެމަތިން ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ގަސްހައްދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

 5. ޞިއްޙީމަރުކަޒު ގޯތިތެރޭގައި ކުނިވާޒާތުގެ ނުވަތަ ފެންހަރުލާގޮތަށް އެއްޗެއްހުރިނަމަ އެކަމަށް ވީހާވެސް އަވަހަށް ހައްލެއް ގެނައުން.

 6. ޞިއްޙީމަރުކަޒުގެ ބޭނުމުގައި އެކިތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ތަކެތި އޮފީހުން އަންގާ ތަންތަނަށް ފަރުވާތެރިކަމާއިއެކު ގެންގޮސްދިނުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.

 7. އޮފީހުގެ ފަންކާތަކާއި، ދޮރުތަކާއި ދޮރުފަތްތައް އަދި ބިއްލޫރި ދޮރު ފަތާއި ދާރަތައް ހަފްތާއަކު އެއްފަހަރު ފޮހެ ސާފުކުރުން.

 8. ކޮންމެ ދުވަހަކު އޮފީސްތެރެ ކުނިކަހާ ސާފުކޮށް މޮޕްލުމާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި، އެންމެހާ ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ތަރުތީބުކުރުން.

 9. އޮފީސް ބަންދުކުރުމުގެ ކުރިން ކުޑަދޮރުތައް ހުރީ ލައްޕާފަތޯ ބަލާ ޗެކްކުރުން.

 10. ސިއްހީމަރުކަޒުން ހަވާލުކުރާ އޯޑަރ ފޯމުގައިވާ ތަކެތި ރައްކާތެރިކަމާއި އެކު ޞިއްޙީ މަރުކަޒަށް ގެނައުމާއި، ގަންނަންޖެހޭ ތަކެތީގެ އަގުބެލުމުގެ މަސައްކަތް ކުރުން.

 11. މަސައްކަތުގެ މާހައުލުގައި ދިމާވާ މުހިންމު ކަންތައްތަކާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

 12. ޞިއްޙީމަރުކަޒުން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

3 ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޖިސްމާނީ ޤާބިލުކަންހުރި މިންވަރާއި ނަފްސާނީ ޤާބިލުކަން ހުރިމިންވަރު.

5. ޤާނޫނާއި ޤަވާއިދުތަކަށް އަދި ކޯޑް އޮފް ކޮންޑަކްޓަށް އަހުލުވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާ އަށް އެދޭ ފޯމު ހއ.ތުރާކުނު ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެއްވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ހއ. ތުރާކުނު ޞިއްޙީ މަރުކަޒަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެމްބަރ މަހުގެ ތެރޭގައި ހއ.ތުރާކުނު ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

25%(ފަންސަވީސް އިންސައްތަ )

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500563 ނަންބަރު ފޯނާއެވެ.

04 ޑިސެންބަރު 2017