މަސައްކަތް
ނަންބަރު: GS-108/MIS/2017/08
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 14 ޑިސެންބަރު 2017 11:00
ފީވަކު ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެދޭނެ ފަރާތެއް ހޯދުމަށް

ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ

2018 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުގެ ނަންބަރު:GS-108/MIS/2017/06 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމަވެ.

ވީމާ، މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 2017 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.

-          މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.

-          ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  16 ރަބީޢުލްއައްވަލް  1439ހ.

                  04 ޑިސެމްބަރ    2017މ.

04 ޑިސެންބަރު 2017