މަސައްކަތް
ނަންބަރު: (IUL)400/INDIV/2017/48
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 07 ޑިސެންބަރު 2017 13:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮފިހާރަ މަރާމާތުކުރުން

ޢިއުލާން

ރައްޔިތުންގެ ތެޔޮފިހާރަ މަރާމާތުކުރުން:

             މިއިދާރާގެ ނަންބަރު IUL)400/INDIV/2017/44) އިޢުލާން އާއި ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ހުށައަޅައިފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް ލ.މާވަށު ރައްޔިތުންގެ ތެޔޮފިހާރަ މަރާމާތުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

             ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 07 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާވަށު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

             މި މަސައްކަތް ކުރުމަށްޓަކައި މައުލޫމާތު ސާފުކުރެވޭނީ، މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2017