މަސައްކަތް
ނަންބަރު: (IUL)30-C/30/2017/184
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 11 ޑިސެންބަރު 2017 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ހއ. އިހަވަންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު

2017  ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ހއ. އިހަވަންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)30-C/30/2017/179  އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މިމަސައްކަތް ކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މިއިއުލާން ބާތިލްކޮށް އަލުން ތިރީގައި ތަފްސީލު ދެވިފައިވާ ގޮތަށް މިމަސައްކަތް ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ހދ. ހަނިމާދޫ – ހއ. އިހަވަންދޫ ލޯންޗް ދަތުރުގެ ތާވަލް

ތާރީޚް

ދަތުރު

ބޭނުންވާ ލޯންޖު ތަފްޞީލް

އިތުރު ބަޔާން

05 ޑިސެމްބަރު 2017

ހަނިމާދޫ - އިހަވަންދޫ

22 މީހުންގެ ޖާގައިގެ ލޯންޗެއް

ގިނަ ދާގީނާ ގެންދާނެ

15 ޑިސެމްބަރ 2017

ހަނިމާދޫ - އިހަވަންދޫ

22 މީހުންގެ ޖާގައިގެ ލޯންޗެއް

-

 

 

 

 

18 ޑިސެމްބަރު 2017

އިހަވަންދޫ - ހަނިމާދޫ

22 މީހުންގެ ޖާގައިގެ ލޯންޗެއް

-

17 ޑިސެމްބަރ 2017

އިހަވަންދޫ - ހަނިމާދޫ

22 މީހުންގެ ޖާގައިގެ ލޯންޗެއް

ގިނަ ދާގީނާ ގެންދާނެ

 

      ވީމާ، ދަތުރުތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް)، ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ނުވަތަ ހއ. އިހަވަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މައުލޫމާތު

  • ކުރަންޖެހޭ ދަތުރުތަކުގެ ޢަދަދާއި ޝެޑިއުލް މިނިސްޓްރީން ފަހުން ދޭނެއެވެ.
  • މަތީގައިވާ ދަތުރުތަކަށް އަގު ހުށަހަޅަންވާނީ 22 މީހުންގެ ޖާގައިގެ ލޯންޗެއްގެ ދަތުރަކަށް ޖެހޭ އަގެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 100 )

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ، 3339257  ނުވަތަ 3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

04 ޑިސެންބަރ 2017

04 ޑިސެންބަރު 2017