ދިވެހިރާއްޖެ
މަޑުއްވަރީ ސްކޫލް
މ.މަޑުއްވަރި
ދިވެހިރާއްޖެ
ނަމްބަރ : GS–167/IUL/2017/27
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: ރިލީފް ޓީޗަރ (ޕްރީސްކޫލް ޓީޗަރ)
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މ.މަޑުއްވަރީ ސްކޫލް
މަޤާމުގެ ބާވަތް: ވަގުތީ (ކޮންޓްރެކްޓް 1 އަހަރު)
ބޭނުންވާ އަދަދު: 1
ސެކްޝަން: އެކަޑަމިކް
ޝަރުތު:
ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުތެއް ފުރިހަމަވުން.
ތަފްސީލް |
މުސާރަ (މަހަކަށް) |
ސަރވިސްއެލަވަންސް (މަހަކު) |
ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ ޓީޗަރުނަށް |
4500 ރުފިޔާ |
1500 ރުފިޔާ |
މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ ޓީޗަރުންނަށް |
5500 ރުފިޔާ |
1500 ރުފިޔާ |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވާ ޓީޗަރުން |
6090 ރުފިޔާ |
2500 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަށް:
- އެލް. ކޭ. ޖީ ، ޔޫ. ކޭ. ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކިޔަވައިދިނުމަށް ރާވައި ކުރަންޖެހޭ އެންމެހާ ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
- އެއްވެސްކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަން ދީގެން ދަރިވަރުން މުގައްރަރުގެ ފެންވަރަށް ގެނައުން.
- ކިޔަވައި ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގަވާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައިހިފުން.
- ކިޔަވައިދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުން ދިނުން.
- ސްކޫލުގެ ތަޢުލީމީ ފެންވަރު ކުރިއެރުވުމާއެކު ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
- ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަޅަންވާ ފިޔަވަޅުތައް އެޅުން.
- ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމްއޮފް ވާރކާއި ފިލާވަޅުތަކާއި ރިޕޯޓްފޮތްތައް ތައްޔާރުކުރުން.
- ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ސްކޫލާއި ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
- ސްކޫލަކީ ސާފުތާހިރު، ދަރިވަރުންނަށް ހުރިހާ ގޮތަކުން ޙިމާޔަތްތެރިކަން ލިބިގެންވާ އުނގެނުމުގެ މާޙައުލެއް ގާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.
- ކިޔަވައިދިނުމަށް ކުރިމަތިވާ ހުރަސްތައް ސްކޫލަށް އަންގައި ކިޔަވައި ދިނުމަށް ބޭނުންވާ އެހީތައް ހޯދައި ތައްޔާރުކޮށް ސްކޫލުގެ އުނގެނުމުގެ ވަޞީލަތްތައް މުއްސަދިކުރުން.
- ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްގުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއްކަމަށް ހެދުން.
- ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅުއްވާ ސުންސިކުންތައް ނިންމުން.
- ސްކޫލުން ހިންގާ ޕީޑީ (ޕްރޮފެށެނަލް ޑިވަލޮޕްމަންޓް ) ޕްރޮގުރާމުގައި ފުރިހަމައަށް ބައިވެރިވުމާއި ކަމާގުޅޭ ފަރާތަކުން ކުރިޔަށްގެންދާ ވޯކްޝޮޕް ސެމިނަރ ފަދަ ކަންކަމުގައި% 95 އަށް ވުރެ މަދުނޫންމިންވަރަކަށް ބައިވެރިވުން.
- އަމިއްލަ ސާފުތާހިރުކަމާއި ހެދުންއެޅުމުގައި ދިވެހި ސިވިލްސާރވިސްގެ މިންގަނޑު ހިފެހެއްޓުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލްކޮއްފައިވާ ތަޢުލީމާއި ތަމްރީނު %43
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- އިންޓަވިއުކޮއްގެން %43
ނޯޓް: އާ މަންހަޖުގެ ފައުންޑޭޝަން ސްޓޭޖް އަށް ކިޔަވައިދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
އިންޓަވިއުކުރުން:
ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކާއެވެ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނަ ތާރީޙާއި ތަން، ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް މި އިދާރާއިން ލިޔުމުން އަންގާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތަށް:
- ސިވިލް ސަރވިސް ވަޒީފާއަށް އެދޭފޯމު ، މި ފޯމު ސްކޫލުން ލިބެން ހުންނާނެއެވެ.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 11 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަންބަރު: 7952908، ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.
28 ނޮވެމްބަރ 2017