ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2017/47
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 16:51
ސުންގަޑި: 11 ޑިސެންބަރު 2017 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހަކު ބޭނުންވެއެވެ.

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ސެކްޝަން:

މީޑިއާ ކޮމިއުނިކޭޝަންސް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ނުވަތަ ބިޒްނަސް އާއި ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާޟިލް ކޮށްފައިވުން.

ތަޖްރިބާ:

  • މީޑިއާގެ ދާއިރާގައި މަދުވެގެން 4 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.
  • ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް މުއާމަލާތް ކުރުމުގެ ތަޖްރިބާ ލިބިފައިވުން.
  • އިގްތިޞާދީ އަދި މާލީ ޚަބަރު ތަކާއި މައުލޫމާތުތައް ދިރާސާކުރުމުގައި މަސައްކަތް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

  • އެމްއެމްއޭގެ ފަރާތުން އެކިއެކި ފަރާތްތަކަށް ދޭންޖެހޭ މައުލޫމާތުތައް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ މަސައްކަތާއި އެމްއެމްއޭއިން ތައްޔާރުކުރާ އެކިއެކި ޕަބްލިކޭޝަންސް ތަކުގެ ލޭއައުޓްތައް ފަރުމާ ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުމާއި މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަންގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ މޮނިޓަރކޮށް ބެލެހެއްޓުން

މުސާރަޔާއި އިނާޔަތްތައް

18,000.00 – 21,800.00 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ (ލިބިފައިވާނަމަ)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

11 ޑިސެންބަރު 2017  ވާ ހޯމަ ދުވަހު 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

03 ޑިސެންބަރު 2017