ދެންނެވުން
ނަންބަރު: (IUL)23-AP/23/2017/207
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 07 ޑިސެންބަރު 2017 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
2017 އަހަރުގެ ބިލްތަކަށް ފައިސާ ދެއްކުމާ ގުޅޭ

ދެންނެވުން

މި އަހަރު މި މިނިސްޓްރީ އަށް ބިލްކުރާ ގޮތައް ޚިދުމަތް ފޯރުކޮށްދީފައިވާ ފަރާތްތަކާއި، މުދާ ސަޕްލައިކޮށްފައިވާ ފަރާތްތަކާއި އަދި މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބިލް ފޮނުއްވާފައިނުވާ ފަރާތްތަކުން  2017 ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ ކުރި ބިލް ފޮނުއްވުމަށް ދަންނަވަމެވެ. އަދި ބިލް ފޮނުއްވާ އިރު ޕީ.އޯ ނުވަތަ ނޯޓް ނުވަތަ އެއްބަސްވުން އަދި މުދާ / ޚިދުމަތް ލިބުންކަމުގެ ލިޔުން ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިމިނިސްޓްރީގެ ޕްރޮކިޔުމެންޓް ސެކްޝަންގެ ނަންބަރު 3014453 ފޯނާއި ގުޅުއްވުން އެދެމެވެ.

15  ރަބީޢުލްއައްވަލް  1439    

03 ޑިސެންބަރު 2017