ޢާންމު މަޢުލޫމާތު
ނަންބަރު: GS-92/IUL/2017/20
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 07 ޑިސެންބަރު 2017 10:00
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ނައިވާދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   

ސެކިއުރިޓީ އައުޓް ސޯސް ކުރުމާބެހޭ!

 

                  މިސްކޫލްގެ ނަމްބަރ GS-92/IUL/2017/19 (08 ނޮވެމްބަރ 2017) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑާއިގެންފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން 2018 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިސްކޫލުގެ ނަމްބަރ 6520537 އާ ގުޅުއްވުން އެދެމެވެ. 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  15 ރަބީޢުލްއައްވަލް 1439

                  03 ޑިސެމްބަރ 2017

03 ޑިސެންބަރު 2017