މަޤާމް:
|
ޕިކަޕް ޑްރައިވަރ
|
ރޭންކް:
|
އެސް. އެސް 5
|
ކްލެސިފިކޭޝަން:
|
ސްޕޯރޓް ސްޓާފް ގްރޭޑް 5
|
އޮފީސް / އިދާރާ:
|
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
|
ސެކްޝަން:
|
އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް.
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ރަަސްދޫ ކައުންސިލް އިދާރާ / އއ. ރަސްދޫ.
|
މުސާރަ:
|
4,865/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,000/- ރުފިޔާ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަގާމުގެ ޝަރުތުތައް:
|
1.އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުމާ، އެއްގަމުގައި ދުއްވާ 4 ފޮރޮޅުލީ އުޅަނދު ފަހަރު ދުއްވުމުގެ މުއްދަތު ހަމަނުވާ ލައިސަންސް އޮތުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލް އިދާރާގެ ޕިކަޕްތައް ހަޑިވިޔަ ނުދީ ދޮވެ ސާފުކޮށް ތިޔޮދުއްވާ ބެލެހެއްޓުން.
- ޕިކަޕްތަކަށް މަހުން މަހަށް ނުވަތަ ދުވަހުން ދުވަހަށް ދޭންޖެހޭ ސާރވިސްތައް ( މިސާލަކަށް އަޑީތެޔޮ ފިލްޓަރ އަދި މިނޫނަސް މިފަދަ ސާރވިސްތައް ) ދިނުމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދީބެލެހެއްޓުން.
- ޕިކަޕްތަކަށް ދޭންޖެހޭ ސާރވިސްތައް ދިނުމަށް ބޭނުންވާ ތެލާ، ފިލްޓަރ އަދި މިނޫނަސް އެހެނިހެން އެސްޕިއަރ ޕާޓްސް ހުސްވިޔަނުދީ ކައުންސިލާ މަސްވަރާކޮށް ހޯދުމަށް މަސައްކަތް ކުރުން.
- ޕިކަޕްތަކަށާއި، މުނިސިޕަލް މަސައްކަތައް ހޯދާ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ދޮވެ ސާފުކޮށް ތެޔޮލާންޖެހޭ ތަކެތި ހުރިނަމަ ތެޔޮލާ ސާފުކޮށް ބެލެހެއްޓުން.
- ލޭބަރުންގެ އެންމެހައި ކަންކަމާ މަސައްކަތްތައް ރާވާ ހިންގާ މަސައްކަތްތައް ސްޕަވައިޒް ކޮށް ބެހެލެއްޓުން.
|
|
- ޑްރައިވަރެއްގެ ހައިސިއްތު ކައުންސިލްގެ ޕިކަޕްތަކުން ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމަށް އެވަގުތަކު ދަތުރުކުރަންޖެހޭ ޕިކަޕެއް ދުއްވުން.
- ކައުންސިލް އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ ދަށުން އިޖްތިމާޢީ ސަރަޙައްދު ތަކާއި، މަގުތަކާ، ގޯޅިތަކުން ނަގާ އުކަންޖެހޭ ކުނިބުއްޏާ، ރަށުގައި ހުރި ގެތަކާއި، އޮފީސްތަކާ ކުންފުނިތަކާ، ކުލަބް ޖަމާޢަތްތަކުގެ އިމާރާތްތަކުގެ ތެރެއިން ކައުންސިލް އިދާރާއިން ދޭ ކުނިއުކާލުމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައި ހުރި ތަންތަނުން ނަގަންޖެހޭ ކުނިބުނި ނަގައިގެން ކުނިކޮށްޓަށް ގެންދިއުމަށް ލޭބަރުންލައްވާ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވާ، ޕިކަޕް ދަތުރުތައް ކުރުން.
- ރަށުގެ އެކިއެކި ހިސާބުތަކުގައި ބަހައްޓާފައިހުންނަ ޑަސްބިންތައް ނެގުމަށް ކައުންސިލް އިދާރާއިން ހަދާފައިވާ އުޞޫލުތަކާއެއްގޮތްވާގޮތުގެ މަތިން ކޮންމެ ދުވަހަކު 1 (އެކެއް) ފަހަރު އެތަންތަނުން ނަގާ ލޭބަރުންލައްވާ އުކުން.
- މީގެ އިތުރު މަސައްކަތްތަކާ ގުޅިގެން ކައުންސިލް އިދާރާއިން އަންގާ ކަންކަން ކުރުމާ ، ޕިކަޕް ދަތުރުތައްކުރުން.
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
|
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އިންޓަރވިއު އަށް ޙާޟިރުވާންވީ ތަނާއި ތާރީޙާ ގަޑި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ރަސްދޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޙަކީ، 2017 ނޮވެންބަރު 01 ވާ ބުދަ ދުވަހު މެންދުރުފަހު 1:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ އަށެވެ.
|
އުޖޫރަ އާއި އިނާޔަތްތައް :
|
- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުން ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.
- މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެންއިނާޔާތެއްވާނަމަ އެ އިނާޔަތެއް ދެވޭނެ އެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް :
|
- ފުރިހަމަކޮށްފައިވާ ރަސްދޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ( އއ.ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރަށްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ މުއްދަތުހަމަނުވާ ކޮޕީ އެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
|