ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)340-C/340/2017/34
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 12 ޑިސެންބަރު 2017 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން ޕިކަޕް ޑްރައިވަރެއް ހޯދުން

މި އިދާރާއަށް ކޮންޓްރެކްޓްހ އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން 1 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ޕިކަޕް ޑްރައިވަރ       

ރޭންކް:

އެސް. އެސް 5

ކްލެސިފިކޭޝން

ސްޕޯރޓް ސްޓާފް ގްރޭޑް 5

އޮފީސް / އިދާރާ

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ   .

ސެކްޝަން

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރަސްދޫ ކައުންސިލް އިދާރާ / އއ. ރަސްދޫ.

މުސާރަ

4’865/- ރުފިޔާ.

ސަރވިސް އެލަވަންސް:

1,000/- ރުފިޔާ.

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

މަގާމުގެ ޝަރުޠުތައް:

  1. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު، އެއްގަމުގައި ދުއްވާ 4 ފޮރޮޅުލީ އުޅަނދު ފަހަރު ދުއްވުމުގެ މުއްދަތު ހަމަނުވާ ލައިސަންސް އޮތުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ ޕިކަޕްތައް ހަޑިވިޔަ ނުދީ ދޮވެ ސާފުކޮށް ތިޔޮދުއްވާ ބެލެހެއްޓުން.
  2. ޕިކަޕްތަކަށް މަހުން މަހަށް ނުވަތަ ދުވަހުން ދުވަހަށް ދޭންޖެހޭ ސާރވިސްތައް ( މިސާލަކަށް އަޑީތެޔޮ ފިލްޓަރ އަދި މިނޫނަސް މިފަދަ ސާރވިސްތައް ) ދިނުމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދީބެލެހެއްޓުން.

ޕިކަޕްތަކަށް ދޭންޖެހޭ ސާރވިސްތައް ދިނުމަށް ބޭނުންވާ ތެލާ،ފިލްޓަރ އަދި މިނޫނަސް އެހެނިހެން އެސްޕިއަރ ޕާޓްސް ހުސްވިޔަނުދީ ކައުންސިލާ މަސްވަރާކޮށް ހޯދުމަށް މަސައްކަތް ކުރުން.

ޕިކަޕްތަކަށާއި،މުނިސިޕަލް މަސައްކަތައް ހޯދާ އެންމެހައި ތަކެތި ރައްކާތެރިކާމާއެކު ދޮވެ ސާފުކޮށް ތެޔޮލާންޖެހޭ ތަކެތިހުރިނަމަ ތެޔޮލާ ސާފުކޮށް ބެލެހެއްޓުން.

ލޭބަރުންގެ އެންމެހައި ކަންކަމާ މަސައްކަތްތައް ރާވާ ހިންގާ މަސައްކަތްތައް ސްޕަވައިޒް ކޮށް ބެލެހެއްޓުން.

  1. ޑްރައިވަރެއްގެ ހައިސިއްތު ކައުންސިލްގެ ޕިކަޕްތަކުން ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމަށް އެވަގުތަކު ދަތުރުކުރަންޖެހޭ ޕިކަޕެއް ދުއްވުން.
  2. ކައުންސިލް އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ ދަށުން ރަށުގެ އިޖްތިމާޢީ ސަރަޙައްދު ތަކާއި، މަގުތަކާ، ގޯޅިތަކުން ނަގާ އުކަންޖެހޭ ކުނިބުއްޏާ، ރަށުގައި ހުރި ގެތަކާއި، އޮފީސްތަކާ ކުންފުނިތަކާ ، ކުލަބް ޖަމާޢަތްތަކުގެ އިމާރާތްތަކުގެ ތެރެއިން ކައުންސިލް އިދާރާއިން ދޭ ކުނިއުކާލުމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައި ހުރި ތަންތަނުން ނަގަންޖެހޭ ކުނިބުނި ނަގައިގެން ކުނިކޮށްޓަށް ގެންދިއުމަށް ލޭބަރުންލައްވާ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވާ، ޕިކަޕް ދަތުރުތައް ކުރުން.
  3. ރަށުގެ އެކިއެކި ހިސާބުތަކުގައި ބަހައްޓާފައިހުންނަ ޑަސްބިންތައް ނެގުމަށް ކައުންސިލް އިދާރާއިން ހަދާފައިވާ އުޞޫލުތަކާއެއްގޮތްވާގޮތުގެ މަތިން ކޮށްމެ ދުވަހަކު 1 ( އެކެއް ) ފަހަރު އެތަންތަނުން ނަގާ ލޭބަރުންލައްވާ އުކުން.
  4. ކައުންސިލުން ހަމަޖައްސާފައިވާ އުޞޫލުގެ މަތިން އުޅަނދު ފަހަރަށް ފެންލުމަށް ބަނދަރުގައި ބަހައްޓާފައިވާ ފެންއިސްކުރުން ފެންވިއްކުމަށް ފެންދޫކުރުމާއި، ދޫކުރާފެނަށް އެފަރާތުން ދައްކާފައިސާ އެވަގުތު ބަލައިގަނެ ދެން އެންމެ އަވަހަށް އޮފީސް ހުޅުވޭ ރަސްމީ ދުވަހެއްގެ 9.00 ގެ ކުރިން މިފައިސާ އޮފީހަށް ދައްކާ އޮފީހުން ފައިސާ ބަލައިގަތްކަމުގެ ރަސީދު ނަގާ ފެން ގަތްފަރާތްތަކަށް މި ރަސީދުތައް ޙަވާލުކުރުން.
  5. މީގެ އިތުރު މަސައްކަތްތަކާ ގުޅިގެން ކައުންސިލް އިދާރާއިން އަންގާ ކަންކަން ކުރުމާ، ޕިކަޕް ދަތުރުތައްކުރުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. 3.      ލިބިފައިވާ ހުނަރު

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެ އެވެ. އިންޓަރވިއު އަށް ޙާޟިރުވާންވީ ތަނާއި ތާރީޚާ ގަޑި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެ އެވެ.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ރަސްދޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2017 ޑިސެމްބަރ 12 ވާ އަންގާރަ ދުވަހު މެންދުރު ފަހު 1:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ އަށެވެ.

 

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރު ގަޑިގައި މަސައްކަތް ކުރާނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.
  • ވަޒީފާގައި ދެމިހުރިހައި ދުވަހަކު ކައުންސިލުން ކަނޑާއަޅާ ހަމަޖައްސާ އުޞޫލެއްގެ މަތިން ކޮށްމެ އަހަރެއްގެ ރަމަޟާން މަހުގެ އިނާޔަތް ލިބޭނެއެވެ.
  • މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެންއިނާޔާތެއްވާނަމަ އެ އިނާޔަތެއް ދެވޭނެ އެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ރަސްދޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ( އއ.ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. )
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާ އަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ މުއްދަތުހަމަނުވާ ކޮޕީ އެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީ.ވީ )

އަދި ދަންނަވަމެވެ. މި އިޢުލާން ޢާންމުކޮށް ބެހެއްޓުމާއެކު މި މަޤާމަށް މީހަކު ހޯދުމަށް ކުރިންކުރި ނަމްބަރ :  (IUL)340-C/340/2017/ 30  ) ( 2017-10-18 ) އިޢުލާން ބާޠިލް ކުރެވިފައިވާކަމުގައި ދަންނަވަން.

    މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660714 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. އީ- މެއިލް އެޑްރެހަކީ [email protected] އެވެ. 

03 ޑިސެންބަރު 2017