ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2017/24
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 07 ޑިސެންބަރު 2017 12:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަކުރާ ބެހޭ ދިރާސާ ކުރުން

 

އިޢުލާނު

 

ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން " އަކުރު" އާ ބެހޭ ދިރާސާއެއް ކުރަން އާންމުކޮށް ހުޅުވައިލުން

               ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން "އަކުރު" އާ ބެހޭ ގޮތުން ޢިލްމީ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދަން މި އެކެޑަމީން 2017ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 20ވަނަ ދުވަހު ކުރި އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ބައިވެރިން ކުރިމަތިލައިފައި ނުވާތީ އަލުން ފުރުޞަތު ހުޅުވައިލުމެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން އަކުރަކީ ކޮބައިކަމާއި އަދާކުރާ ދައުރަކީ ކޮބައިކަން ބަލައި ހޯދުމެވެ.

               މި ދިރާސާއާ ގުޅޭ މަޢުލޫމާތު ދިނުން 2017 ޑިސެންބަރު 7ވާ ބްރާސްފަތި ދުވަހުގެ މެންދުރު 12:30ގައި ދިވެހި ބަހުގެ އެކެޑަމީގައި އޮންނާނެއެވެ.

            ވީމާ މި ދިރާސާ ކުރަން ޝައުގުވެރިވާ ފަރާތްތައް މި ދިރާސާއާ ބެހޭ މަޢުލޫމާތު ދޭން ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުން އެދެމެވެ. މި ދިރާސާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެކަންޏެވެ.   

29 ނޮވެންބަރު 2017